އެޑްވައިޒަރީ ކޮމިޓީ

ފެކަލްޓީ އެޑްވައިޒަރީ ކޮމެޓީއަކީ، ޤައުމީ ބޭނުންތަކާއި ޚިދްމަތް ލިބިގަންނަ ފަރާތްތަކުގެ ބޭނުންތަކާއި އިންޑަސްޓްރީގެ ބޭނުންތަކަށް ފެކަލްޓީގެ ޕްރޮގްރާމްތައް އަމާޒުކުރުމަށްޓަކައި، މިނިސްޓްރީތަކާއި، ފެކަލްޓީގެ ދަރިވަރުންނަށް މުސްތަޤްބަލުގައި ވަޒީފާދޭ ފަރާތްތަކާއި ޚިދްމަތް ލިބިގަންނަ ފަރާތްތަކުގެ މަންދޫބުން ހިމަނައިގެން އެކުލަވާލެވޭ ކޮމެޓީއެކެވެ. މިކޮމެޓީގެ އުމުރަކީ، ދެއަހަރު ދުވަހެވެ.

ކޮމެޓީގެ މައިގަނޑު މަސައްކަތަކީ؛ ފެކަލްޓީގެ ތަރައްޤީއާއި ޕްރޮގްރާމްތަކާ ބެހޭ ގޮތުން ލަފާދިނުމާއި ރިވިއުކުރުމެވެ. އޭގެ ތެރޭގައި ރާއްޖޭގެ މުޖުތަމަޢުގެ ބޭނުންތަކާއި ވަޒީފާގެ ފުރުޞަތުތަކާ އެއްގޮތަށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުންނާއި، މަރުކަޒުން ހިންގާ އަދި ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން ލަފާދިނުން ހިމެނެއެވެ. އަދި މަރުކަޒަށް އާމްދަނީ ލިބޭނެ ފުރުޞަތުތަކާ ބެހޭގޮތުން ލަފާދީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފެކަލްޓީގެ ޕްރޮގްރާމްތައް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މިހާރު ފެކަލްޓީގެ ފެކަލްޓީ އެޑްވައިޒަރީ ކޮމެޓީއަށް ޢައްޔަންކުރެވިފައިވާ މެމްބަރުންނަކީ؛


އެޑްވައިޒަރީ ކޮމެޓީ 2017
ނަން މަޤާމު އޮފީސް
1 އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ޑީން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
ފެކަލްޓީ އާއި ގުޅޭކަންކަން ހިންގަވާ ފަރާތްތަކުން 2 މެމްބަރުން
2 އަލްފާޟިލް އަޙުމަދު ޔޫސުފް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އެން. އައި. އީ
3 އަލްއުސްތާޛް ޢަސަދުﷲ ޝާފިޢީ އަޙުމަދު ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދަރިވަރުންނަށް ވަޒީފާ ދޭ ފަރާތްތަކުން 3 މެމްބަރުން
4 އަލްފާޟިލް އަބްދުﷲ ދީދީ ޕްރިންސިޕަލް ދަރުމަވަންތަ ސުކޫލް
5 އަލްފާޟިލާ ފާތިމަތު އިބްރާހީމް ޑެޕިއުޓީ ޕްރިންސިޕަލް ޢަރަބިއްޔާ ސުކޫލް
6 އައްޝައިޚް ޠާހާ ނައީމް ޢަމީން ޢާންމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ފެކަލްޓީގެ މަސައްކަތްތަކާއި ގުޅޭ ޖަމްއިއްޔާ ތަމްސީލުކުރާ މެމްބަރު
7 އަލްފާޟިލް މުޙައްމަދު ޞަބާޙް ޖެނެރަލް ސެކެޓްރީ ޕީސް ފައުންޑޭޝަން
ގުޅޭ ދާއިރާއަކުން ޚާއްސަ ހުނަރު ލިބިފައިވާ މެމްބަރު
8 އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ޑެޕިއުޓީ މިނިސްޓަރ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ފެކަލްޓީގެ އެކި ދާއިރާތަކުން 4 މެމްބަރުން
9 އައްޝައިޚް ޢަބްދުﷲ މުޙައްމަދު ޑިޕާޓްމަންޓް އޮފް އަރަބިކް ލޭންގްވިޖްގެ ހެޑް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
10 އައްޝައިޚް މުޙައްމަދު އިރުޝާދު ޑިޕާޓްމަންޓް އޮފް އަޤީދާ އެންޑް ދަޢުވާގެ ހެޑް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
11 އައްޝައިޚް މުޙައްމަދު މަންޞޫރު ލެކްޗަރަރ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

_________________________________

ފެކަލްޓީ އެޑްވައިޒަރީ ކޮމެޓީގައި ކުރިން މަސައްކަތްކުރެއްވި ބޭފުޅުން

ޑރ. އަޙްމަދު ޝަރީފު، ތަޢުލީމީ ދާއިރާ (މުއްދަތު: 2013-2014)

އަލްފާޟިލް މުޙައްމަދު ސަޢީދު، ޑެޕިއުޓީ މިނިސްޓަރ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް (މުއްދަތު: 2013-2014)

އަލްފާޟިލް މުޙައްމަދު ނަޡީފު، މެނޭޖިންގ ޕާޓްނަރ، އެޓޯލް ރޭޑިއޯ (މުއްދަތު: 2013-2014)

އައްޝައިޚު ޢަޡްމަތު ޖަމީލް، ރައީސް، މުސްލިމުންގެ ގުޅުން (މުއްދަތު: 2013-2014)

Faculty Of Islamic Studies Twitter Feed
FacultyContactsLinks
Faculty of Islamic Studies
Ameenee Magu
Male', Maldives
Tel: 334 5396
Fax: 334 5397
Email: fis@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number