ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ 70 ދަރިވަރުން ދަސްވެނިވެއްޖެ

18010328_977602445676444_2108704840312787909_n
2017 އޭޕްރިލް 16 ވީ އާދީއްތަ ދުވަހު ބޭއްވި ޔުނިވަރސިޓީގެ ދަސްވެނިވުމުގައި ފެކަލްޓީގެ 70 ދަރިވަރުން ދަސްވެނިވެއްޖެއެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވާފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރެވެ.


މިރަސްމިއްޔާތުގައި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އިން ތަފާތު ދާއިރާތަކުން ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެއީ ސެޓްފިކެޓް 3 އިން ޢަރަބިކް ލޭންގްވިޖް ކޯހުން 6 ދަރިވަރުންނާއި އެޑްވާންސްޑް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް ކޯހުން 12 ދަރިވަރުންނާއި ޑިޕްލޮމާ އިން ޢަރަބިކް ލޭންގްވިޖް ކޯހުން 24 ދަރިވަރުންނާއި ބެޗްލަރ އޮފް ޓީޗިން އިސްލާމް ކޯހުން 20 ދަރިވަރުންނާއި ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް ކޯހުން 8 ދަރިވަރުންނެވެ.
މިރަސްމިއްޔާތުގައި ޔުނިވަރސިޓީގެ 88 ކޯހަކުން ޖުމްލަ 827 ދަރިވަރުން ދަސްވެނިވެފައިވާއިރު ދަރިވަރުންގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް ތިނެއް ނުވަތަ އެއަށްވުރެ މަތި ހޯދުމާއެކު އެކިއެކި ކޯސްތަކުން އެއްވަނަ ހޯދާފައިވާ ފަރާތްތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ޔުނިވަސިޓީގެ 22 ދަރިވަރަކު ހާސިލްކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ޙާސިލުކޮއްފައިވާ ދަރިވަރުންގެ ތެރޭގައި މިފެކަލްޓީގެ ފަޚުރުވެރި 3 ދަރިވަރުން ހިމެނެއެވެ. އެއީ: ޑިޕްލޮމާ އިން ޢަރަބިކް ލޭންގްވިޖް ކޯހުން 1 ވަނަ ހޯދި ހދ. ކުޅުދުއްފުށި، އާހިޔާ، ޢަޒީމާ މުޙައްމަދާއި ބެޗްލަރ އޮފް ޓީޗިންގ އިސްލާމް ކޯހުން 1 ވަނަ ހޯދި ހދ. ކުޅުދުއްފުށި، ސަހަރާދޮށުގެ، އާމިނަތު ސަމާ މޫސާ އާއި ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް ކޯހުން 1 ވަނަ ހޯދި ކ.މާލެ، މޫތާ، އާމިނަތު ނަޢުމާއެވެ.

ޕޯސްޓްކުރީ

Faculty Of Islamic Studies Twitter Feed
FacultyContactsLinks
Faculty of Islamic Studies
Ameenee Magu
Male', Maldives
Tel: 334 5396
Fax: 334 5397
Email: fis@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number