ފެކަލްޓީގެ ފަރާތުން ދީނީ އިޖްތިމާޢީ ޕްރޮގްރާމުތަކެއް އިފްތިތާޙްކޮއްފި

ފެކަލްޓީގެ ދީނީ އިޖްތިމާޢީ ޕްރޮގުރާމްތައް އިފްތިތާޙްކޮއްފިއެވެ. 2016 ޖޫން 22 ވީ ބުދަ ދުވަހުގެ ރޭ ބޭއްވި ޙަފްލާގައި އިފްތިތާޙްކުރެވުނު ޕްރޮގުރާމްތަކުގެ ތެރޭގައި ދީނީ ކައުންސިލިންދިނުމާއި ދީނީ އިރުޝާދުދިނުމުގެ އިތުރުން ރިސާލާ ޕްރޮގުރާމް ހިމެނެއެވެ.

ދީނީ ކައުންސިލިން ޕްރޮގުރާމަކީ ދީނީ ގޮތުން ކަންކަން އޮޅުންފިލުވުމަށާއި ދީނީގޮތުން ކައުންސިލިން ބޭނުންވާ ފަރާތްތަކަށް އެކަމުގެ އެހީތެރިކަން ފޯރުކޮއްދިނުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މިޚިދުމަތް ލިބޭނީ ކޮންމެ ބުދަ ދުވަހެއްގެ މެންދުރުފަހު 2:00ން 3:00 އަށެވެ. އެހެންނަމަވެސް ރޯދަމަހު ދީނީ ކައުންސިލިންދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުދަ ދުވަހެއްގެ 1:00ން 2:00 އަށެވެ.

ދީނީ އިޖްތިމާޢި ޕްރޮގުރާމްތަކުގެ ތެރޭގައި ހިމެނޭ ދީނީ އިރުޝާދުދިނުމުގެ ޚިދުމަތަމަކީ މާލޭގެ އޮފީސްތަކަށާއި ސްކޫލުތަކަށާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން އެބޭފުޅުންގެ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގުރާމެއް ހިމަނަން ބޭނުންވާ ފަރާތްތަކަށް ފެކަލްޓީން ދީނީ ބޭފުޅުން ވަޑައިގެން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ. މިޚިދުމަތް ލިބޭނީ ރިކުއެސްޓް ލިބެމުންދާ ތަރުތީބުން މަހަކު 2 ފަހަރުއެވެ. އެހެންނަމަވެސް ރޯދަމަހު ހަފްތާއަކު 2 ރޭ ތަރާވީހަށްފަހު މިޕްރޮގުރާމް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ހިންގުމަށް އަމާޒުކުރެވިގެން ހިންގުމަށް ހަމަޖެހިފައިވާ ރިސާލާ ޕްރޮގުރާމް ޢާންމު ގޮތެއްގައި ކުރިއަށް ގެންދާނީ ހަފުތާ ބަންދާ ދިމާކޮށެވެ. މި ޕްރޮގުރާމްގައި ހިމެނޭ ކަންކަމަކީ ހުކުރު ނަމާދު އިމާމްވެ ކުރުމާއި، މިސްކިތްތަކުގައި ދީނީ ނަސޭޙަތްދިނުމާއި، ސްކޫލްކުދިންނަށާއި ބެލެނިވެރިންނަށް ޚާއްޞަ ވޯކްޝޮޕެއް ބޭއްވުމާއި ޒުވާނުންނަށް ޚާއްޞަ ފޯރަމެއް ބޭއްވުމުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގެ ރިކުއެސްޓަށް އެތަންތަނުގައި ދީނީ ސެޝަންތައް ބޭއްވުމެވެ.

މިޕްރޮގުރާމްތަކުގައި ދީނީ ކައުންސިލިންއާއި އިރުޝާދު ދެއްވުމަށް ހަމަޖެހިފައިވަނީ މިފެކަލްޓީގައި ކިޔަވާދެއްވާ ދީނީ ރޮނގުން މަތީ ތަޢުލީމު ޙާސިލްކުރައްވާފައިވާ ދީނީ ޢިލްމުވެރިންނެވެ. މިޕްރޮގުރާމުތަކަށް ރިކުއެސްޓްކުރައްވާނީ މިފެކަލްޓީގެ ވެބްސައިޓުން އޮންލައިންކޮށް ފޯމު ފުރުއްވައިގެން ނުވަތަ ފެކަލްޓީގެ އިދާރާއަށް ފޯމު ހުށަހަޅުއްވައިގެންނެވެ.

މިޕްރޮގުރާމްތައް އިފްތިތާޙްކުރުމަށް ބޭއްވުނު ޙަފްލާގައި އައްޝައިޚް އާދަމް ޝަމީމްވަނީ “ފަހުދިހައަށް ތައްޔާރުވުން” މި މަޢުޟޫއަށް ވަރަށް ޚާއްޞަ ދަރުހެއްވެސް ދެއްވާފައެވެ.

ޕޯސްޓްކުރީ

Faculty Of Islamic Studies Twitter Feed
FacultyContactsLinks
Faculty of Islamic Studies
Ameenee Magu
Male', Maldives
Tel: 334 5396
Fax: 334 5397
Email: fis@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number