ލީޑަރޝިޕް މެނޭޖްމެންޓް އެންޑް ސްޓްރަޓެޖިކް ޕްލޭނިން އާއި ބެހޭ ވޯކްޝޮޕެއް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް (އެފް.އައި.އެސް) ގައި ބާއްވައިފި

15521_1721769801398746_3561490393221802888_n

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ގައި މިއަހަރު އޭޕްރީލް މަހުގެ 01 އިން 02 އަށް ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ވޯކްސޮޕެއް ކުރިއަށް ވަނީ ގެންގޮސްފައެވެ. ފެކަލްޓީގެ އެކެޑަމިކް އަދި އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި މި ޕްރޮގްރާމް ނަންގަވައިދެއްވީ ޔުނިވަރސިޓީ އޮފް ނޮޓިންގހަމް ގެ ޕްރޮފެސަރ ޑރ.މުންޛިރު އަލްޙަރަމްއެވެ. ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވޯކްޝްޕްގެ މައިގަނޑު މަޤުސަދަކީ ފެކަލްޓީގެ އެކެޑަމިކް އަދި އިދާރީ މުވައްޒަފުން ލީޑަރޝިޕް އަދި މެނޭޖްމެންގެ ދާއިރާ އިން ހޭލުންތެރިކުރުވައި ސްޓްރަޓެޖިކް ޕްލޭން އެކުލަވާލާނޭ ގޮތް ދަސްކޮށްދިނުމެވެ.އަދި ހަމަ އެހެންމެ ތިމާގެ މުސްތަޤްބަލް ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށްޓަކައި ދުރާލާ ޕްލޭންއެއް ތައްޔާރުކުރާނޭގޮތް ވެސް މި ވޯކްޝޮޕުގެ ސަބަބުން ބައިވެރިންނަށް އިނގިގެން ދިޔައެވެ.

12472589_1721774018064991_4448844888296455479_n

ޤައުމެއް ކުރިއެރުވުމަށްޓަކައި އެންމެ އިސް ރޯލެއް އަދާކުރަނީ އެ ޤައުމެއްގައި ތިބި މުޢައްލިމުން ކަމުގައި ފާހަގަކުރައްވާ ޑރ.މުންޛިރު ވިދާޅުވީ، ދަރިވަރުން ތަޢުލީމީ ހަޔާތުގައި ދަށް ނަތީޖާއެއް ނެރެވިއްޖެ ނަމަ އެ ނަތީޖާ އަކީ ހަމަ އެކަނި ދަރިވަރުގެ ކުށެއް ކަމުގައި ޤަބޫލުނުކޮށް، ތިމާގެ އުނގަންނައި ދިނުމުގައިވެސް އިހުމާލެއް ވާކަން ދެނެގަނެ އެކަންތައްތައް ރަނގަޅުކުރުން މުހިއްމުކަމަށެވެ. އަދި ތިމާގެ ތަޢުލީމީ ޙަޔާތް ކުރިއެރުވުމަށްޓަކައި މިފަދަ ކުރުމުއްދަތުގެ ވޯކްޝޮޕްތަކުގައި ބައިވެރިވުމަކީ ވަރަށްވެސްް މުހިންމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

12321436_1722529954656064_4286831222000296618_n

08 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ އިގިރޭސިވިލާތުގެ ބައިނަލްއަގުވާމީ ސުފަރާއުއްތަންމިޔާ އެކަޑީމެގެ ފަރާތުން ޕްރޮގުރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓްދިފައެވެ. ސެޓިފިކެޓް ދިނުމުގެ ރަސްމިޔާތުގައި ޝަރަފުވެރި މެހެމާންގެ ގޮތުން އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު މުސްތަފާ ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިފަދަ ވޯކްޝޮޕްތައް ސަރުކާރުގެ އެކި މުވައްސަސާތަކުގައި ވީހާވެސް ގިނައިން ކުރިއަށް ގެންދިއުމަކީ އެތަނެއްްގައި ތިބޭ ބައެއްގެ ހުނަރުވެރިކަން އިތުރަށް ކުރިއަރައިގެންދާނޭ ކަމެއްކަމުގައި ފާހަގަކުރައްވަމުން ވިދާޅުވެފައިވަނީ ވީހާވެސް ގިނަގިނައިން އެތަނެއްގެ މުވައްޒަފުންނަށް މިފަދަ ޕްރޮގްރާމްތަކަށް ފުރުސަތު ހޯދައިދިނުން މުހިއްމު ކަމަށެވެ.

އަދި ވޯކްޝޮޕް ނިންމާލުމުގެ ރަސްމިޔާތުގައި ފެކަލްޓީގެ ފަރާތުން ފެކަލްޓީގެ ޑީން އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދް ޤާސިމް ވަނީ ޑރ.މުންޛިރު އަލްހަރަމް އަށްް ހަނދާނީ ލިޔުމެއް އަރުވާފައެވެ. މި ވޯކްޝޮޕްގައި ކެންޕަސްތަކުގައި މަސައްކަތްކުރައްވާ އެފް.އައި.އެސްގެ ލެކްޗަރަރ އިންވެސް ވަނީ ބައިވެރިވެފައެވެ.

IMG_4687

.

ޕޯސްޓްކުރީ

Faculty Of Islamic Studies Twitter Feed
FacultyContactsLinks
Faculty of Islamic Studies
Ameenee Magu
Male', Maldives
Tel: 334 5396
Fax: 334 5397
Email: fis@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number