މާސްޓަރ އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީޒް ކޯހަށް ވަނުމަށް ބޭނުންވާ ޢަރަބި އެންޓްރަންސް އިމްތިހާނު ބޭއްވުމާ ބެހޭ

ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއިން ހިންގާ މާސްޓަރ އޮފް އާރޓްސް އިން އިސްލާމިކް ސަޓަޑީޒް ކޯހަށް ވަނުމަށް ބޭނުންވާ ތަޢުލީމީ ސަނަދު ޙާޞިލް ކޮއްފައިވަނީ ޢަރަބިބަސް ފިޔަވާ އެހެން ބަހަކުން ކަމުގައި ވަނީނަމަ ފެކަލްޓީން ދެވޭ ޢަރަބި ބަހުގެ އިމްތިޙާނަކުން ފާސްވާންޖެހެއެވެ. އެހެންކަމުން މިކޯހަށް ވަނުމަށް އެޕްލިކޭޝަން ހުށައަޅުއްވާ އެފަދަ ފަރާތްތަކުން މިފެކަލްޓީ އިން ދޭ ޢަރަބި އެންޓްރަންސް އިމްތިޙާނުން ފާސްވެފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ.އެހެންކަމުން 2016ވަނަ އަހަރު ގެ ފުރަތަމަ ޓާރމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯހަށް އަމާޒުކޮށްގެން ބޭއްވޭއެންޓްރަންސް އިމްތިޙާނު 28 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިމްތިޙާނުގައި ބައިވެރިވާ ފަރާތުގެ ސަމާލުކަމަށް:

ޢަރަބި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހުން އަދި ފެކަލްޓިގެ ވެބްސައިޓް fis.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

II  އިމްތިޙާނުގެ ފީއަށްވާ  -/500  ރުފިޔާ (ފައްސަތޭކަ ރުފިޔާ)  27 ޖެނުއަރީ 2016  ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން އިދާރީމަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ދައްކަން ވާނެއެވެ.

III ފޯމު ފުރިހަމަކުރައްވާ ފީދެއްކެވުމަށްފަހު 28 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00ގެ ކުރިންޢަރަބި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއި އެކު އައިޑީ ކާޑުގެ ކޮޕީއެއް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހަށް ހުށައަޅަން ވާނެއެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށައެޅުމާއި، ފީ ދެއްކުން އަދި އިމްތިޙާނު ހެދުން ކޯސް ހިންގުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއްގައިވެސް ކުރިއަށްދާނެއެވެ. އިމްތިޙާނުގެ ނަތީޖާ  31 ޖެނުއަރީ 2016ވާ އާދީއްތަ ދުވަހުން ފެށިގެން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހުން ދޫކުރެވޭނެއެވެ.

 

25 ޖެނުއަރީ 2016

ޕޯސްޓްކުރީ

Faculty Of Islamic Studies Twitter Feed
FacultyContactsLinks
Faculty of Islamic Studies
Ameenee Magu
Male', Maldives
Tel: 334 5396
Fax: 334 5397
Email: fis@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number